ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ހުރީ ބަޔަކާއި ހަވާލުވެސްނުކޮށްކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ހިނގާގޮތް ބައްލަވާލެވުމަށް އެއަރޕޯޓަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދާއި ގުޅިފައިވާ މުހިއްމު މަޝްރޫޢެއް ކަމަށެވެ. އަދި އެ މަޝްރޫއު އަވަހަށް ނިންމުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް މުއިއްްޒު ވިދާޅުވިޢެވެ.

މުއިއްޒު ވިދާޅުވީ އެއަރޕޯޓް މަސައްކަތުގެ ތެރެއިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރީ މިހާތަނަށް އައިިއިރު ހަވާލުވެސްނުކޮށް ކަމަށެވެ. އަދި ޓަރމިނަލްގެ މަސައްކަތް ނިންމި ނަމަވެސް، ޓަރމިނަލާއި ގުޅޭ ގިނަ މަސައްކަތްތަކެއް މިހާތަނަށް އައިއިރުވެސް ހުރީ ނުނިންމާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޓަރމިނަލްގެ މަސައްކަތް ނިމުނުނަމަވެސް، އެތަން ބޭނުންކުރެވޭނީ އެހެން ބައެއް ކަންކަން ފުރިހަމަކޮށްގެން ކަމަށެވެ.

"މިސާލަކަށް މިހުރިހާ ކަމަކާއި ގުޅުވައިދޭ ސަރވިސް ރޯޑް ހަދަން ނެތް ހަވާލުކޮށްފައި. ގާތްގަނޑަކަށް ދިހަވަރަކަށް މަސް ނަގާނެ އެ މަގު ނިންމަންވެސް. މިހާރުން މިހާރަށް ހަވާލު ކުރެވިގެން ނޫނީ އަމާޒުކޮށްފައިވާ ތާރީހުތަކަށް ނުނިމޭނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްްޒު ވިދާޅުވީ މިހާރު މަސައްކަތް އެ ކުރާ ރޭޓުން އެއާރޕޯޓްގެ މަސައްކަތް ނިމޭނީ 2025 ވަނަ އަހަރުގެ ފަހުކޮޅު ކަމަށެވެ. ނަމަވެސް އައު ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް މަސައްކަތް ނިންމާލުންކަމަށް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން