ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔަ ކުރައްވާތީ ފުލުހުންނާއި ބައްދަލުކުރަން ނިންމަވައިފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ނޮވެންބަރު 11 ވަނަ ދުވަހު ނުވަތަ އޭގެ ކުރީގެ ތާރިޙެއްގައި ފުލުހުންގެ ޚިދުމަތުން ރިޓަޔަކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.

ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ސޮއިކޮށް ފުލުހުންގެ ކޮމާންޑްތަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނީ ސީޕީ ހަމީދު މި މަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ ކުރީން ހިދުމަތުގައި މިހާރު ތިއްބި ހުރިހާ ފުލުހުންނާއި ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް އެ މެމޯގައި ބުނެފައިވެއެވެ. އެެހެން ކަމުން ކޮމާންޑްތަކުގައި ހިމެނޭ ހުރިހާ މުވައްޒިފުން މިރޭ އޮންނަ ބައްދަލްވުމަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މިރޭގެ ބައްދަލްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 8:30 ގައި އިސްކަންދަރު ކޮށި ގްރައުންޑް ފްލޯ ގައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޖޮނީ

13-Nov-2023

ނިކަން ހިހޫ ތަނުން ކާލާއިގެން ދައުރެއް އެ ނިންމާލީ ކޮވިޑަށް ދެ އަހަރު ކަނޑާ ދުނިޔޭގެ މުއްސަނދި ޤައުމުތަކަށް ބުރުތަޅާލާ އައިއެމްއެސް ޅިޔަނުގެ ފުރިހަމަ ރައްކައުތެރިކަމާއެކު ނިވަލުގަ ހުރެ ނިކަންބޮޑު މުސާރައަކާއި ޢިނާޔަތްތަކާއެކު. ވަޒީފާއިން ވަކިކުރުމުން އުޅޭނެހާ ތަނަކު މުއައްސަސާއަށް ފުރައްސާރަކުރަން އުޅެނިކޮށް މަތީކޯޓުން ވަޒީފާދިނުމުން ޚިދުމަތްނުކޮށް 25 އަހަރުގެ މުއްދަތު ނުފޫޒު ބޭނުންކޮށްގެން ހޯދައި މެޑަލިތަކުން މޭމަތި ފުރާލާ ޢަލަށް ގެނައި ޤާނޫނުން ވަޒީފާއަދާކުރަން ހެޔޮވަރަށްފެހި ކޯޓާއެކު ބެކްގްރައުންޑަކަށް ބެލުމަކާނުލައި ތިމާއަށް ވަފާތެރިބައެއްގެ ގިނަ"އިންޓެލް- ގަސްޕޮޓު" ތަކުގެ ގޮތުގައި ފާރައަށް ތިބޭނޭ ވަޒީފާތަކެއް އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް އުފައްދާފައިވުން ގިނަބަޔަކު މިހާރުވެސް އެބަކުރޭ.


1

ޓުގޮ

13-Nov-2023

ޞބިރުނ ފިލަނި


2

ޓުގޮ

13-Nov-2023

ޞބިރުނ ފިލަނި



ޓްރެންޑިން