ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެންގުޅުއްވަނީ ޑިމޮކްރަސީއާ ވަރަށް ބީރަށްޓެހި އުސޫލުތަކެއްކަމަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެ ދެ ބޭފުޅުންނަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ހުރަސް އަޅާކަމަށް ބުނެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ފާޑު ކިޔުން ވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އެމްޑީޕީގެ މެންބަރުންނާއި އެހެން ބައެއް ޕާޓީތަކުގެ މެމްބަރުން ވިދާޅުވާގޮތުން ނަޝީދު ގެންދަވަނީ މަގާމުގައި ހުންނެވުމަށް ހުދުމުހުތާރުކަން އިސްކޮށް، ޑިމޮކްރެޓިކް އުސޫލުތަކާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އިންތިހާބުވާ މަގާމެއް ގަދަބާރުން ދެމެހެއްޓުމަކީ ޑިމޮކްރެޓިކް އުސޫލާއި ވަރަށް ބީރަށްޓެހި ސިފައެއް ކަމަށެވެ.

"ރައްޔިތުންގެ 7 ޕަސެންޓަކީ މެޖޯރިޓީއެއް ނޫން. އަދި މަޖިލީހުގެ 14 ޕަސެންޓަކީވެސް މެޖޯރިޓީއެއް ނޫން." ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްއަށް ނިސްބަތްކޮށް އިކްރާމް ވިދާޅުވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހުގައި އަނެއްކާވެސް މަޑުޖެހިފައެވެ. މިއަދު ބޭއްވި ޖަލްސާގައި ރިޔާސަތުން ވަނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާކަމަށް އިއުލާން ކުރަށްވާފައެވެ. ނަމަވެސް މަޖިލީހުގެ އަމީން އާއްމު ވަނީ އެއީ މަޖިލީހުގެ ގަވައިދާއި ހިލާފަށް ކުރެއްވިކަމެއްކަމަށް ވިދާޅުވެފައެެެވެ. އެހެންކަމުން މާދަމާގެ ޖަލްސާއަށް އަނެއްކާވެސް އެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ.

މަޖިލިސް ރައީސްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މަސައްކަތްވެސް އެމްޑީޕީން ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން