ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފިއެވެ.

މިޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

އެމަނިކުފާނުގެ މި ޒިޔާރަތަކީ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންގެ ހާލު ބައްލަވައިލެއްވުމަށާއި، އެ މުއައްސަސާގެ އިސްވެރިން ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.

އެގޮތުން އެމަނިކުފާނު ވަނީ އެމަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެމަރުކަޒުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެބޭފުޅުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި ކުރިޔަށް އޮތްތަނުގައިވެސް ވީހާވެސް ރަނގަޅަށް މަސައްކަތްތައް ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން