އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރާ ރަސްމިއްޔާތަށް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމަށް ދައުވަތު ދޭން މަޖިލީހުން ނިންމި ނިންމުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެެ.

އިބްރާ ފާޑުވިދާޅުވީ އަންނަ ހުކުރު ދުވަހު ހަވީރު ބާއްވާ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރާ ރަސްމިއްޔާތަށް ކުރީގެ ރައީސް ޔާމިނަށް ދައުވަތު ދޭނެ ކަމަށް ރަައްޔިތުންގެ މަޖިލީހުން ހާމަކުރުމާއި ގުޅިގެންނެެވެ. ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމިންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައެވެެ. ރައީސް ޔާމިން މިވަގުތު ގޭބަންދަށް ބަދަލުކޮށްފައިވާއިރު ކަރެކްޝަނުން ވަނީ މާލެ ތެރޭގައި އުޅުއްވޭގޮތަށް އެމަނިކުފާނުގެ ބަންދަށް ލުއިތަކެއް ދީފައެވެ.



އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވީ ރައީސް ޔާމިނަށް ލުއި ދިނުމަކީ ވަކިކަމެއް ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމުހޫރިއްޔާ ހުވާކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޖަލްސާއެއްގައި މަޖިލީހުން ދައުވަތު ދީގެން ހުކުމެއް ތަންފީޒުކުރަމުން ގެންދާ ގަައިދީއަކު އިއްޒަތުގައި ބެއިންދުން ބަލައިނުގަނެވޭ ކަމަށް އިބްރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަންކަން ކުރުމުގައި ކޮންމެވެސް ވަރެެއްގެ ހަމަޔަކާއި ލަދުވެތި ކަމެއް ވެސް އޮންނަންވާނެ ކަމަށެވެ.

"ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި ހުރެގެން ރައްޔިތުންނަށް ޚިޔާނަތްތެރިވެ ގާނޫނު މުގުރުމުގެ ކުށް، ސާބިތުވެފައިވާ މީހަކު ދައުލަތުގެ ތިންބާރުގެ ވެރިންނާއެކު އެއް މަޖިލީހެއްގައި އެެއް އިއްޒަތެއްގައި ބެއިންދޭނެ ހެއްޔެވެ؟" އިބްރާ ސުވާލު ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަލީ

15-Nov-2023

އަހަރުމެން ނިކަމެތި ފަގީރުމީހުންގެ ދަރިން ހުކުމެއްނިއިއްވާ ތުހުމަތަކަށް ބަންދުކޮށްފަ ހުންނައިރު ޑޮކްޓަރަށް ދައްކަންވެސް މި ގެންނަނީ ބިޑި އަޅުވައިގެން


0

ޡާމިން

15-Nov-2023

އިބުރާ ވިޔަސް އޭނައެބުނީ ތެދެއް 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒް ކުރަމުންދާމީހަކު ޖަލުންގެނެސް ޝަރަފުވެރިކަމާއެކު އިއްޒަތުގައި ބޭންދުން ބަލައެއް ނުގަނެވޭ


1

އަހަރެން

13-Nov-2023

އިބުރާކަލޭ ނުހައްގު ގޮތޭނުކިޔާ ކަލޭތީކޮންކަހަލަ މީހެއް ތިވާހަކަ ދައްކަން


2

އަހަރެން

13-Nov-2023

އިބުރާކަލޭ ނުހައްގު ގޮތޭނުކިޔާ ކަލޭތީކޮންކަހަލަ މީހެއް ތިވާހަކަ ދައްކަން


0

ވ

13-Nov-2023

ޔާމީނަށް ނުކިޔަ ދެންކިޔަންޖެހޭމީހަކުނެއް ތިހަސަދާގެއަލިފާންގަޑު ނިއްވާކަންނު ޭތަ ޔާމީނުއަކީ ފުންނާބުއުސް ގާބިލުމަދުބޭފުޅުންތެރޭހިމެނޭބޭފުޅެއް. ޔާމީނުއައްދެވޭއަނިޔާ ކުޑަކަމުން ހަޖަމުވެސް ނުވެގެންއުޅޭހެން ހީވަނީ އަދިވެސްހަސަދަނައްތާލާކަންނުވޭތަ ވ ފޫހި


-1

مريم ابراهيم

13-Nov-2023

މިއީ ދިވެހިން އާންމުކޮށް ކިޔައި އުޅޭ ޖެލެސިންގ ކިތަންމެ މޮޅަށް އަނގަ ބޮޑުވެފައި ބާރު މިނުގައި ބުންނަސް އެއީ ކުރާ ނެ ކަމެކެވެ ހާދަ ދެރައޭ ދޯ މީހުން ނަށް ހިތް ނުބައިވެގެން ތިޔަ ބޭފުޅާ ވެސް ބޭނުން ނަމަ ދާނީ ވަރަށް ސާފު


-2

ޖެރީ

13-Nov-2023

ނަލޯ ކަލެހަ މިސަރުކާރުން ބަދަލުގެ ގޮތުގަ ލިބުނު ލާރި އަދިވެސް މަދުވެގެން ތިއުޅެނީ ދެން ހަޖަމު ކޮލާގެން މަޑުން އިނދެވޭތޯބަލާބަލަ މިހާރު ތިދައްކާ ވާހަކަ މީހުން ގަބޫލެ ނުނުރާނެ



ޓްރެންޑިން