އެހެން ބޭފުޅަކަށް ރިޔާސަތުގެ ފުރުސަތު ނުދެއްވައި ނައިބު ރައީސް އީވާ ރިޔާސަތު ހިސާރުކުރައްވައިގެން އިންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ މިއަދުވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ އީވާ ޖަލްސާ ނިންމާލީ ޖަލްސާ ފެށުނުތާ މާގިނައިރުތަކެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލެއްވި ނަމަވެސް ރިޔާސަތު ދޫކުރައްވާ އީވާ ވަޑައިނުގަންނަވާ އިންނެވީ މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅު ހިސާރުކުރައްވައިގެންނެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައި އޮތީ މިއަދު 11:00 އަށެވެ. މިއަދު ހެދުނުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މައްސައްކަތާއި މިސަރުކާރުން ހުށައަޅާ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތެވެ. ކޯރަމް ހަމަނުވާތީ ޖަލްސާ ކުރިއަށް ނުގެންދެވުނު ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޖަލްސާ ނިންމަވާ ނުލައްވައި މަޑުކުރެއްވީއެވެ. އަދި އީވާ ރިޔާސަތުން ފައިބައިވަޑައިނުގެން ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެއްވައި އިންނެވުމުން މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވިއެވެ.

އެމްޑީޕީން ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އިއްޔެ ރިޔާސަތު ބެލެހެއްޓެވީ އެ މަނިކުފާނު ނިސްބަތްވާ ޑިމޮކްރެޓްސްގެ މެންބަރުންކަމަށްވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ނާއިބް ރައީސް އަދި ނަޝީދުގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު އީވާ އަބުދު ﷲ އެެވެ.

އެދެބޭފުޅުންގެ ރިޔާސަތުގައި ނަޝީދު ވަކިކުރުމުގެ ގަރާރު ގަވާއިދާ ހިލާފު ކަމަށް ކަނޑައަޅައި ބޭރުކޮށްލައި، އެ ގަރާރު އަލުން ހުށަހަޅަން ވަނީ އަންގާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަސްލަހަތު ހިމެނޭ މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވަނީ ވިދާޅުވެފައެވެ.

ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ރޭ ވިދާޅުވީ މަޖިލީހުގެ ރިޔާސަތު އިއްޔެ ބެލެހެއްޓި ޑިމޮކްރެޓުންގެ މެންބަރުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭރުކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެެވެ. އެގޮތުން މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް ބަންޑާރަ ނައިބް ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބެއިންދުމުގެ މުޙިއްމުކަމަށް އިސްކަންދޭން ޖެހޭ. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީންޢާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި، ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ތަޞައްވުރުކުރާ ހަމައެކަނި ގޮތް." ބަންޑާރަ ނައިބް ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ަވަމަންވާލާ

14-Nov-2023

ކޮބާކަލޭގެ ބޭނުންގޮތަކަށް މަޖިލިސް ކުރިއަށް ގެންދެވުނުތަ ހާދަހަޑިވައްތަރެކޭ އިއްޔެވެސް ސަލާމުގައޭ ކިޔާފަ ހުރެ ޖެއްސީ ޢީވާ ޑިމޮކްރޮޓިޔާ


2

ޥާނުވާ

13-Nov-2023

ހާދަހަޔާ ކުޑަބައެކޭ ދޯ ކެނަރީގޭ ލާދީނީ ބައިގަޑު



ޓްރެންޑިން