ދައުރު ނިމުމުގެ ކުރިން ޝަކުވާތައް ބަލައި ނިންމުމަށްފަހު، މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓުގެ ލިޔުން ހަވާލުކުރެވޭ ވަރުވާނެ ކަމަށް ޕްލޭނިންގ މިިނިސްޓްރީން ހާމަކޮށްފިއެވެ.

ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާޕާސަން އަކްރަމް ކަމާލުއްދީން ވިދާޅުވީ ފްލެޓުގެ ދާއިމީ ލިސްޓާ ގުޅިގެން ލިބިފައިވާ ޝަކުވާތައް މިހާރު މުރާޖަޢާ ކުރަމުންދާ ކަމަށެވެ. އަދި ދާއިމީ ލިސްޓަށް ކުދިކުދި ބަދަލުތައް ގެނެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. ނަމަވެސް އެބަދަލުތަކާ ބެހޭގޮތުން އަކްރަމް ވާހަކަދައްކަވާފައެއް ނުވެއެވެ.

އަކްރަމް މިފަދައިން ވިދާޅުވެފައިވާއިރު، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓާއި ގުޅިގެން 7000 އަށްވުރެ ގިނަ ޝަކުވާ ހައުސިންގ މިނިސްޓްރީއަށް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރުމާއެކު ވަރަށް ގިނަ ފަރާތްތަކުން ވަނީ އެލިސްޓަށް ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން