އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ހުއްދައަށް އެދިވަޑައިގެންފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ 17 ނޮވެމްބަރގައި އޮންނަ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމުގެ ހުވައި ކުރެއްވުމުގެ ރަސްމއިްޔާތަށް ޔާމީނަށް ވަޑައިގަނެވޭނީ އެ އިދާރާގެ ޚާއްސަ ހުއްދައެއް ހޯއްދަވައިގެން ކަމަށެވެ.



ޔާމީނަށް ރަސްމިއްޔާތުތަކަށް ވަޑައިގަތުމުގެ ހުއްދައެއް އަދި ދީފައި ނުވާނެ ކަމަށް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފައި ވެއެވެ.

"ރައީސް ޔާމީންގެ ބަންދަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ސެރެމަނީތަކަށް ދިއުން ނުހިމެނޭ. ރަސްމިއްޔާތަކަށް ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ، އެމްސީއެސްއަށް ރަސްމީކޮށް ހުއްދައަށް އެދިވަޑައިގަންނަވަން ޖެހޭނީ. ރަސްމިއްޔާތަށް ވަޑައިގަންނަވަން އެދިވަޑައިގަތުމުން އެމްސީއެސްއިން ރިވިއު ކުރުމަށްފަހު ޖަވާބެއް ދޭނެ." ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ ޑރ. މުޢިއްޒު ހުވައި ކުރާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީނަށް ދައުވަތު އަރުވާނެ ކަމަށް ބުނެފަ އެވެ.

އެމަނިކުފާނާއެކު މީގެ ކުރިން ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ވެސް އެ ރަސްމިއްޔާތައް ދައުވަތު އަރުވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެެވެ.

ރައީސް ޔާމިނަށް ހުވައި ކުރާ ރަސްމިއްޔާތަށް ދައުވަތު ދޭން ނިންމައިފައިވާއިރު އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެެ. އެހެން ނަމަވެސް ޔާމިން މިވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށް ބައެއް ކަންކަމުގައި ގެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ވެސް ދޫފައެެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން