އަހުމަދު މަސްނޫމް   13 ނޮވެމްބަރު 2023 - 20:42
އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގިކަމަށް އިއުތިރާފްވެ، ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒިޔަތަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މައާފް ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބާއި ޒިޔަތަށް ސަރުކާރުން މައާފް ދީފައިވަނި މިއަދުއެވެ. ޖަލު ހުކުމެއް ތަންފީޒުކުރިނަމަވެސް މައާފް ދިނުމާއި ހަމައަށް އަދީބާއި ޒިޔަތު ހުރީ ގޭގައެވެ.

ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން އަދީބާއި ޒިޔަތަކީ ދައުލަތުގެ ތެރޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް ތިބި ދެ މޭސްތިރިންނެވެ. ނަމަވެސް އެ ބޭފުޅުންނަށް މައާފް ދެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގާ މިހާރު ޖަލުހުކުމެއް ތަންފީޒު ކުރަށްވާ ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމަށް ވެސް މިގާރު ވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް މި ޚިޔާނާތާއި ގުޅޭ އިތުރު ދައުވާ ތަކެއް ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް ވަނީ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން