50 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމީ މިއަދުއެވެ. އެމްޑީޕީން ހުށަހެޅި މި ގަރާރުގައި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)ގެ ސޮއިވެސް ހިމެނެއެވެ.

މި މައްސަލަ ހުށަހެޅީ އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާތީ ކަމަށް ޤަރާރުގައި ބަޔާންކޮށްފައި ވެއެވެ.



އީވާގެ އިތުބާރު ނެތްކަމުގެ މައްސަ މީގެ ކުރިން ވެސް އެމްޑީޕީން ހުށައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމައްސަލަ އެމްޑީޕީން ވަނީ އަނބުރާ ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން