އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އެނބުރި ސަރުކާރުގެ މަގާމަކަށް ވަޑައިގެންފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް މިއަދު ވަނީ އެ ގައުމުގެ ފޮރިން ސެކްރެޓަރީ ނުވަތަ ހާރިޖީ ވަޒީރުގެ މަގާމަށް ކެމެރަން އައްޔަންކޮށްފައެވެ. ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޖޭމްސް ކްލެވަލީ އައްޔަންކޮށްފައިވަނީ ހޯމް ސެކްރެޓަރީގެ މަގާމަށެވެ. އަދި ހޯމް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސުއެލާ ބްރެވަމެން ވަނީ މަގާމުން ވަކިކޮށްފައެވެ.

ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އެނބުރި ސަރުކާރުގެ މަގާމަށް ވަޑައިގެންނެވިއިރު އެ ގައުމުގެ ބޮޑު ވަޒީރު ރިޝީ ސުނަކް ގެންދަވަނީ ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް ގެންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން