ޑިމޮކްރެޓިކް ޕާޓީން ކަންތައްތައް ތަރުތީބު ކުރަނީ ދިވެހިންގެ މަސްލަހަތަށް ދުއްތުރާވާގޮތަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައާއި ގުޅިގެން މިއަދު މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

"އެޖެންޑާކޮށްފައި އޮތް މަޖިލީހުގެ ރައީސްގެ ނޯކޮންފިޑެންސް ވޯޓު ނެގުމުގެ މައްސަލަ ހުށަހެޅުމަށް ފުރުސަތު ނުދެއްވައި ޑިމޮކްރެޓިކް ޕާޓީގެ މީހުން މިތަނަށް ނުކުމެ ހަޅުތާލު ކޮށްގެން، މުޅި ސިސްޓަމް ނަގާލައި ދިވެހި ރައްޔިތުންގެ މަސްލަހަތަށާއި ދިވެހި ރައްޔިތުންގެ އަހުލާގަށް ވަރަށް ބޮޑެތި ނިކަމެތިކަމާއި ދުއްތުރާ ލިބޭނެގޮތަށް ކަންތައްތައް ތަރުތީބު ވެގެން މިދަނީ." މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވައިގެން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲއާއި ގާތްތިމާގެ ބޭފުޅަކަށްވުމުން ގާސިމް ވަނީ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި އީވާ ރިޔާސަތުގައި އިންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަަލައަކީ އީވާގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށް ވިދާޅުވެ ގާސިމް ވަނީ އީވާ ރިޔާސަތުން ފައިބައިވަޑައިގަތުމަށް ގޮވާލައްވާފައެވެ.

މިއަދުގެ ޖަލްސާގައި އީވާ ވަނީ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ޖަލްސާ މެދުކަނޑާލައްވައިފައެވެ. ދަ ޑިމޮކްރެޓްސްގެ މެންބަރުން އިދާރީ މޭޒު ކުރިމައްޗަށް އެއްވެ އަޑުގަދަކޮށް ދުއްމާރި ފުމެމުން ގެންދިޔައެވެ. އެއީ އީވާ ނިސްބަތްވާ ޕާޓީން ނަޝީދުގެ މައްސަލަ ކުރިއަށްނުގެންދިއުމަށް ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ހަސަނާ

14-Nov-2023

ކިހާދުއްތުރާއެއް ޖައްސާފަ މިއަދު އެ އިސްތިއުފާދިނީ . އެމީހުންގެ ފެންވަރު އަމިއްލައަށް ރައްޔިތުންނަށް ދެއްކީ ޢަލއާޒިމް އީވާ ލޮއްސަން ދުންމާރި ފުމިފުމީނުން ދަތްޕިލަ ބޭރަށް ނުކުމެ އެހުރީ



ޓްރެންޑިން