މީގެކުރިން އެހެން މަގާމުތަކުންވެސް އިސްތިއުފާ ދެއްވާފައި ވަނީ މުއައްސަސާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރަން ކަމަށް ރައްޔިތުންެގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދަކީ މީގެކުރިންވެސް ދައުރު ފުރިހަމަނުވަނީސް އެހެން ބައެއް މަގާމުތަކުން ވެސް އިސްތިއުފާ ދެއްވާފައިވާ ބޭފުޅެކެވެ. އެކަމާއި ގުޅިގެން ނޫސްވެރިން މިއަދު ވަނީ އެމަނިކުފާނާއި ސުވާލުވެސް ކޮށްފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވާއިރު އަބަދުވެސް ބައްލަވަނީ މުއައްސަސާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްކަަމަށެވެ.

"ތިބޭފުޅުން ބައްލަވާ އަޅުގަނޑުގެ އިސްތިއުފާގެ ހުރިހާ ސިޓީއެއްގައިވެސް އޮންނާނެ މުއައްސަސާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރާށޭ." ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ރައީސް ނަޝީދު ވަނީ ދައުރު ހަމަނުވަނީސް މިއަހަރު ކުރީކޮޅު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި 2012 ވަނަ އަަހަރު ރާއްޖޭގެ ރައީސްކަމުގެ މަގާމުންވެސް އިސްތިއުފާ ދެއްވީ ދައުރު ހަމަނުވަނީހެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ވީހާލެއްގަޥާން

14-Nov-2023

މާދަން ބުނާނެ ފިސްތޯލައެއް ދިއްކޮށްގެން ތިބެ ތިމަންނަ ލައްވާ އިސްތިއުފާ ދެއްވީއޭ ތިމަންނަ އިސްތިއުފާނުދެމޭ ޥީހާލެއްގަވާ ބައިގަޑު ތިބޭ ރޮއިލަ ރޮއިލާ ރިޔާސީ ޓިކެޓް ނުލިބުނީމަ ޕާޓީ ދޫކޮށްފަ ގޮސް މިބުނަނީ ޕާޓީން ބޭރުކުރީ އޭ


3

ބޮޑުވަޒީރު

14-Nov-2023

މިހާރު ތިހިރީ ޕާޓީގެއްލި މަގާމު ގެއްލި ބަރުލަމާނީ ގެއްލި ބޮޑުވަޒީރު ކަން ގެއްލި ބާކީވެފަ ޑިމޮކްރޮޓިޔާ ކިޔާ ލާދީނީ ބައިގަޑާއެކު


1

ހަސީނާ

14-Nov-2023

މިއީ މީނަގެ ނުލަފާކަމުން ދިވެހިން ސަލާމަތްވި ދެވަނަ ފަހަރެވެ. ދެނެއް މަޖްލީހަކަށްވެސް ދުވަހަކުވެސް ނުހޮވޭނެއެވެ.


5

ހުސޭނުބެ

13-Nov-2023

ތިމާހުރެގެން އެހުންނަ ތަނަކަށް ގެއްލުންވާ ހާލަތަށް އެދަނީ ތިމާގެ ތަސައްރަފު ނުފުދޭތީއެވެ. ޢެތަނަކަށް ނުވަތަ އެބަޔަކަށް ދުއްތުރާވާތީއެވެ. ނުވަތަ އެތަނެއް ހަލާކުކުރާތީއެވެ. ދެނެއް ކުރިޔަށް އޮތްތަނުގައި ވޯޓަކުން ހޮވޭނެ ހަމަ އެންމެ މަގާމެއްވެސް މި ދިވެހި ފަސްގަޑަކު ނެތެވެ. ތިޔަހުރީ ވަށައިގެން ފެއިލްވެފައެވެ.


1

އިއްބެ

13-Nov-2023

ނޫންނޫންއިސްތިއުފާދެނީރައްޔިތުންއަސްދިނީމައިލަގަނުގައިހިފައިއަސް ކޮންޓްރޯލުކޮށްގެންދުއްވަންނޭންގުނީމައި



ޓްރެންޑިން