މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ނައިބު ރައީސް ބަލަހައްޓަމުން ދަނިކޮށް އެހެން އެއްވެސް ފަރާތަކާ ޖަލްސާގެ ރިޔާސަތު ހަވާލުކޮށްފިނަމަ، އަމީން ޢާންމަށް އަމަލުކުރެވެނީ ޤަވާއިދާއި ޚިލާފަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިޔުޝާއަށް ފޮނުއްވި ސިޓީއެއްގައެވެ.

މި ސިޓީގައި އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި އެ މައްސަލަ ބޭރުކުރުމަށް އިއްޔެގެ ރިޔާސަތުން ނިންމެވި ނިންމެވުމާއި ޚިލާފަށް އެ މައްސަލަ އަލުން އެޖެންޑާކުރުމުގެ ބާރެއް އަމީންޢާންމަށް ލިބިގެން ނުވާ ކަމަށެވެ.





"މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން ވަކި ގޮތެއް، ނިންމުމެއް ނިންމުމުން އެ ނިންމުން ނަފީކޮށް، މަޖިލީހުގެ އަމީންއާއްމު އެހެން ގޮތަކަށް އެ ނިންމުން މާނަކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަލުން އެޖެންޑާ ކުރައްވައި ޖަލްސާއަށް ގޮވުމުގެ ބާރު އަމީން އާއްމަށް ލިބިގެން ނުވާ ވާހަކަ ދެންނެވީމެވެ." އީވާ ފޮނުއްވެވި ސިޓީގައި ބަޔާންކުރައްވާފައި ވެއެވެ.

އަދި ސުޕްރީމް ކޯޓުގެ ހުކުމްގެ ތަރަހައިން ބޭރުވެ، މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރި ނުވާ އެއްވެސް ހާލަތެއްގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅާފައިވާ ފަރާތަކާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ހަވާލުކުރުމުގެ ގާނޫނީ އެއްވެސް ބާރެއް އަމީން އާއްމަށް ލިބިގެން ނުވާ ކަމަށް އީވާ ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް އާންމު ކޮމިޓީން ނިންމެވީވެސް ރަނގަޅަށް ނޫން ކަމަށް އީވާ ވިދާޅުވިއެވެ.

އެގޮތުން، މަޖިލީހުގެ ހިންގުމުގެ ހުރިހާ ކަމެއްގައި މަޖިލީހަށް ގާނޫނީ ލަފާ ދިނުމަށް ކަނޑައަޅާފައިވަނީ މަޖިލީހުގެ ކައުންސެލް ޖެނެރަލަށް ކަމަށާއި ކޮމިޓީން އޭޖީގެ ލަފާ ހޯދުމަށް ނިންމި ނަމަވެސް މަޖިލިސް ހިންގުމުގެ ކަންކަމުގައި ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް ގަވާއިދު ތަނެއް ނުދޭ ކަމަށްވެސް އީވާ ފާހަގަކުރެއްވިއެވެ.

"ރައްޔިތުން އިންތިހާބުކޮށްފައިވާ މަޝްވަރާ މަޖިލީހެއްގެ ގޮތް ނިންމުމުގެ ތެރެއަށް އިދާރީ މަސައްކަތް ހިންގުމަށް ކަނޑައަޅާފައި ހުންނަ އަމީމް އާއްމު ވެންނެވުމަކީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ދީފައިވާ ބާރަށް އަރައިގަތުމެވެ. އަދި އިންތިހާބީ އޮނިގަނޑުން ބޭރުން މަޖިލީހުގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ކަރާމާތަށް އަރައިގަތުމަށް ކޮށައިދެވޭ މަގަކަށް ވާނެ އެވެ. މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް ޖަލްސާއަށް ހާޒިރުވެ ހުންނަހާ ހިނދަކު، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތެއް ރިޔާސަތާ ހަވާލުވުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ އަދި ސުޕްރީމް ކޯޓުގެ އެ ހުކުމާ ކަނޑައެޅިގެން ހިލާފު ކަމެކެވެ." އީވާ ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ަވަމަންވާލާ

14-Nov-2023

ނިކަން ފިލަފިލައިގެން އުޅުނު މަގާމު ދިފާއު ކުރަން . ވަގު ސަލާމްސެޓްފިކެޓް ހުށަހަޅައިގެން އެކަމަކު އިއްޔެ ސަލާމުގަ ހުރެފަ ވެސް މަޖިލީހަށް ނުކުތީ އޭނަ ނެތަސް މަޖިލިސް ކުރިއަށް ގެންދާގޮތަށް އޮތީމަ


2

ހަސަނާ

14-Nov-2023

ލާދީނީ ބައިގަޑު ތިތިބީ ގަޔަށް ހީސްލެވިފަ ޢަދިވެސް މަކަރާއި ހީލަތް ހަދައިގެން މަގާމް ދިފާއު ކުރެވޭތޯ ނިކަންބަލާތި ކަލެއަށް ދެން ފެންނާނެ މަޖިލިސް ގޮޑިއެއް ނެތް ކަލޭހޯދާނެ ބަޔަކު މިގައުމުގަ ނެތް ޕާޓީކުރަމުންދޭ އެއީ ކަލޭގެ ފެންވަރަކީ


-5

ީިމަަރ

14-Nov-2023

,



ޓްރެންޑިން