އަހުމަދު މަސްނޫމް   14 ނޮވެމްބަރު 2023 - 0:45
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލްހާންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިއަދުއެވެ. ނަމަވެސް މި މައްސަލައިގައި އުފުލާ ދައުވާތަކާއި ހިމެނޭ ފައިސާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

އެކި މީހުންގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގާކަމުގެ މައްސަލަ ފެންމަތިވެގެން ފުލުހުން އެކަން ތަހުގީގު ކުރަން ފެށީ މިދިޔަ އަހަރުގެ މާޗް މަހުއެވެ.

ފުލުހުން އޭރު ތުހުމަތުކޮށްފައިވަނީ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ.

ނަމަވެސް އަލްހާން ފަހްމީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން