މަނީ ލޯންޑާރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފް މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށް އެމައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވެއްޖެއެެވެ.

ކުރީގެ ރައީސް ޔާމިންގެ އިސްތިއުނާފްގެ މައްސަލައިގައި ހައިކޯޓުގައި މިއަދު ވަނީ އަޑުއެހުމެއް ބާއްވާފައެވެ. ތިން ގަޑިއިރަށް ދެމިގެންދިޔަ އެ އަޑުއެހުމުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ ދެން އޮންނާނީ ޝަރީއަތް ނިންމާލުމުގެ ކުރިން ދެ ފަރާތުން ދައްކާފައި ހުރި ވާހަކަތައް ދެއްކުމަށް ބާއްވާ މަޖިލީހެއް ކަމަށެވެ. އަދި އެ މަޖިލީހުގައި ވާހަކަ ދެއްކުމަށް ކޮންމެ ފަރާތަކަށް ވެސް ގަޑިއިރެއްގެ ވަގުތު ދެއްވާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ އެއަށް ފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ޝަފީއުގެ އިތުރުން ފަނޑިޔާރު ހުޒެއިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން