ޒަހީނުއްދީން ސަޢީދު   14 ނޮވެމްބަރު 2023 - 2:28
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކަށް އިންތިހާބު ކުރުމަށް މިރޭ މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ބާއްވާ ޖަލްސާ އެޖެންޑާކޮށްފައި އޮތީ މިރޭ 10:00 އަށެވެ.

މިރޭ ޖަލްސާގެ ނޯޓިސް މިހާރު މެންބަރުންނަށް ފޮނުވާފައިވާއިރު އެޖެންޑާ މިހާރު ވަނީ މަޖިލީހުގެ އިދާރާ އިން އާންމު ކޮށްފައެވެ. އެޖެންޑާ ގައި އޮތީ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމެވެ.

ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅައި އެމައްސަލަ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދަނިކޮށް އެމަނިކުފާނު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އިސްތިއުފާ ދެއްވަައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އަށް ފޮނުއްވި ސިޓީގައި ނަޝީދު ވިދާޅުވީ އިތުބާރުގެ މައްސަލައާއި އެ މައްސަލައާ ހެދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު އެ މަނިކުފާނު ވިސްނަވާފައިވާ ކަމަށެވެ. އަދި އެމްޑީޕީން ވަނީ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގައިފައި ކަމަށް ނަޝީދު ތުހުމަތު ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން