މަޖިލީހުގެ ނައިބު ރައީސް އީވާއާއި އަލަށް އިންތިހާބުކުރި ރައީސް އަސްލަމް- ރިޔާސަތު ބަދަލު ކުރަށްވަނީ
މަޖިލީހުގެ ނައިބު ރައީސް އީވާއާއި އަލަށް އިންތިހާބުކުރި ރައީސް އަސްލަމް- ރިޔާސަތު ބަދަލު ކުރަށްވަނީ
ގާނޫނު އަސާސީއާ ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް މަޖިލީސް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މިރޭ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރި މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އެމަނިކުފާނު މިރޭ އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން ފުރަތަމަ މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑަައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ގާނޫނު އަސާސީއާ ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް މަޖިލީސް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މިމަގާމުގެ ޒިންމާތައް އަދާކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާއި ދިވެހި ރައްޔިތުންގެ މަސްލަހަތާއި ހައްގުތަައް ހިމާޔަތްކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ތިޔަ އެންމެހާ ބޭފުޅުންނަށް އަރުވަން." އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ރަަައީސްގެ މަގާމުގެ ޒިންމާ އަދާކުރުމުގައި މެންބަރުންގެ އެހީތެރިކަމަށް އަސްލަމް ވަނީ އެދިވަޑައިގެންފައެވެ. އަސްލަމް ވިދާޅުވީ ހިނގަމުންދާ 19 ވަނަ މަޖިލީހު ގެ ބާކީ އޮތް ދުވަސްތަކަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ނަވާރަވަނަ މަޖިލީހުގެ ބާކީ މި އޮތް މުއްދަތަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރެއް ގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ތިޔަ އެންމެ ބޭފުޅުންނަށް އަރުވަން." އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު އިންތިހާބުވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ވާދަކުރަށްވައިގެންނެެވެ.



މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 77 މެންބަރަކު ބައިވެރިވެވަޑައިގެންނެވި މިރޭގެ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިހާބުވީ 53 ވޯޓުންނެެވެ. އާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބުކުރަންޖެހުނީ ކުރިން އެމަގާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޢަމާން

14-Nov-2023

ކޮބާ ކަންކަމަށްހުރަސް އަޅާމީހުންނަކީ ކޮންބައެއްކަން މިއަދވެސް ދިވެހިރައްޔިތުންނަށް ފެނިގެން ދިއައީ ބަޖެޓް ހުށަހެޅިޔަ ނުދިނުމަށް ޑިމޮކްރޮޓީސް އިން ހުރަސް އެޅީ



ޓްރެންޑިން