އާ ސަރުކާރުގެ ކެބިނެޓުގައި 3 އަންހެން ބޭފުޅުން ހިމެނުމުގެ އިތުރަށް ދައުލަތުގެ 8 ކުންފުންޏެއްގެ މަތިފަޑިއަށް އަންހެން ބޭފުޅުން ހަމަޖައްސަވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ނޫސްވެރިންނާ ބައްދަލު ކުރުމަށް ބޭއްވި ހާއްސަ ހަފްލާ، "ގުންޒަރު" ގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ވިދާޅުވި ފަދައިން އެމަނިކުފާނުގެ ވެރިކަމެއްގައި އަންހެން ބޭފުޅުން ސަރުކާރުގެ އިސް މަޤާމުތަކަށް އައްޔަންކުރެއްވުމުގެ ވައުދު ފުއްދަވާނެ ކަމަށެވެ.

މި މޭރުުމުން ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ވާދަކުރެއްވުމަށް އެދިވަޑައިގެންފައެވެ.



މިއީ މިހާތަނަށް ސަރުކާރެއްގެ އިސް މަގާމުތަކުގައި އަންހެން ބޭފުޅުން ތިއްބަވާނެ އެންމެ ގިނަ އަދަދު. އަޅުގަނޑަށް މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު (މީގެކުރިން) ދެ ކުންފުންޏަށް ވުރެ ގިނައިން އެއްވެސް ސަރުކާރެއްގައި ނެތް އަންހެން ބޭފުޅުން ކުންފުނި ހިންގައިފައެއް،" މުއިއްޒު ވިދާޅުވި އެވެ.

"ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން ތިން މިނިސްޓްރީއަކަށް، އަދި ކުންފުނިތަކުގެ ތެރެއިން މިހާތަނަށް މަދުވެގެން އަށް ކުންފުންޏަކަށް އަންހެން ބޭފުޅުން ވަނީ ކޮންފާމްކޮށްފައި." ޑރ. މުޢިއްޒު ވިދާޅުވިއެވެ.



އެމްއެންޔޫގެ ވައިސް ޗާންސެލަރ އަދި ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ އެމްޑީގެ މަޤާމަށްވެސް އަންހެން ބޭފުޅަކު އައްޔަންކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޕީއެސްއެމް ހިންގަވާނީ މިވަގުތު ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވާ ބޭފުޅެއް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން