ބަޖެޓްގައި މީޑިއާތަކަށް ފައިސާ ހިމެނުމަށް އެމްޑީޕީ މެންބަރުން ކިބައިން އިންތިޚާބީ ރައީސް ޑރ، މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ނޫސްވެރިކަން ކުރިއެރުވުމަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމަކީ ޑރ. މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންކަމުން، ރޭ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާއެކު ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވަނީ ނޫސްވެރިކަން ކުރިއަރުވާ ނޫސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯއްދެވުމަށް ރާވާފައިވާ ކަންތައްތައް ހިއްސާކުރައްވާފައެވެ.

މިހާރު ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ބަޖެޓުގައި ކަންކަން ހިމެނުމަށް ލިބިވަޑައިގެންނެވި ވަގުތުގެ ތެރޭގައި މީޑިއާ ބޭފުޅުންނާއި މަޝްވަރާކުރަން ވަގުތު ނުލިބުމުގެ ސަބަބުން ސީދާ ވަކި އިންސައްތައެއް ބަޖެޓުގައި ހިމެނިފައިނުވިޔަސް، މީޑިއާތަކަށް ދިނުމަށް ވަކި އިންސައްތައެއް ހިމަނައިދިނުމަށް މަޖިިލީހުގެ ހުރިހާ މެންބަރުން ގެ ކިބައިން ޑރ.ވމުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

"ގައިމުވެސް އަޅުގަނޑުމެންގެ މެމްބަރުން އެތަނުގައި ވަރަށް މަދުވާނެ. އެހެންވީމާ އެމްޑީޕީގެ، ޑިމޮކްރެޓްސްގެ، ހާއްސަކޮށް އެމްޑީޕީގެ މަޖިލިސް މެމްބަރުން އަޅުގަނޑުމެންނާ މިކަމުގައި އެެއްބާރުލުން ދިނުމަކީ އަޅުގަނޑުމެން ވަރަށް އެދޭނެކަމެއް. އެކަމުގައި އެބޭފުޅުން އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވައިފިއްޔާ މިފަހަރު ފާސްވާ ބަޖެޓް ތެރޭގައިވެސް އެކަމައްޓަކައި ޖާގަ އުފެދިގެންދާނެ." ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ތައުލީމާއި ތަމްރީން ހާސިލުކުރުމަށް ނޫސްވެރިންނަށް ދާއިރާގެ ކޯސްތަކުގައި ސްކޮލާޝިޕް ދީގެން ކިޔެވުމުގެ ފުރުޞަތު ހުޅުވާދެއްވާނެ ކަމަށް ވެސް ޑރ. މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ނޫސްވެރިން މަސައްކަތްކުރައްވާ އޮފީސްތަކުގައި ޖާގައާއި ކުލީގެ ދަތިތައް ދިމާވެފައިވުމުން، ގްރޭޓާރ މާލެ ސަރަހައްދުގައި މީޑިއާ ވިލެޖެއް ގާއިމުކުރައްވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، "25 މާލަން" ގެ ކޮންސެޕްޓަށް ބޭނުންކޮށްގެން ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަށް ހުރިހާ ވުޒާރާތަކުން މަސައްކަތްކުރައްވާނެ ކަމަށް ޑރ. މުޢއިްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން