ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް ފުލުހުން ވަދެއްޖެއެވެ.

ފުލުހުންގެ ޓީމެއް އާރްޑީސީއަށް މިއަދު ވަތްކަން "ރަސް އޮންލައިން" އަށް ކަށަވަރުކޮށްދިން ނަމަވެސް، އެތަނަށް ވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.

"ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލަައަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަޜޭޝަންގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން." ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޮންމެ ޑިޕާޓްމަންޓަކުން އެއް މުވައްޒަފަކު ފިޔަވާ އެހެން ހުރިހާ މުވައްޒަފުން އޮފީހުން ބޭރަށް ނެރެފައިވާ ކަމަށެވެ.

"އެއީ އާރްޑީސީގެ ނިންމުމެއް. ފުލުހުންގެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން." މުވައްޒަފުން ނެރުނު ސަބަބާ ބެހޭގޮތުން އާރްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން