ސްރީ ލަންކާގެ ބޮއްސުންލާފައިވާ މާލީ ޙާލަތުގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ސަރުކާރުުގެ ވެރިން ކަމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ލަންކާގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓުނީ ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާއާއި ކުރީގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާއާއި ކުރީގެ ފިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސައާއި، ސީބީއެސްއެލްގެ ކުރީގެ ގަވަރުނަރު އަޖިތު ނިވާދު ކަބްރާލްގެ އިތުރަށް ކުރީގެ ޓްރެޒަރީ ސެކްރެޓަރީ ޕީބީ ޖަޔަސުންދާރާ، އަދި އެހެނިހެން ބައެއް ބޭފުޅުންގެ ސަބަބުން ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ވެއެވެ.



މި ނިންމުން ނިންމާފައިވަނީ 5 ފަނޑިޔާރުންގެ ސުޕްރީމް ކޯޓުގެ ބެންޗުގެ އަޣުލަބިއްޔަތުންނެވެ.

ސްޕްރީމްކޯޓުގެ މި ނިންމުމަކީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ސްރީލަންކާ (ޓީއައިއެސްއެލް) އާއިއެކު އެކްޓިވިސްޓުން ކަމަށްވާ، ޗަންދްރާ ޖަޔަރަތުނޭ، ޖެހާން ކެނަގަރެޓްނާ އަދި ޖޫލިއަން ބޮލިންގް ލަންކާގެ ކުރީގެ ސަރުކާރުގެ ކެބިނެޓާއި ދެކޮޅަށް ހުށައެޅި ޕެޓިޝަނަކާ ގުޅިގެން ނިންމި ނިންމުމެކެވެ.

ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސޭ، ކުރީގެ ފިނޭންސް މިނިސްޓަރު މަހިންދާ ރާޖަޕަކްސޭ، ބާސިލް ރާޖަޕަކްސޭ އަދި އަލީ ސަބްރީ، އޭރުގެ ކެބިނެޓްގެ މިނިސްޓަރުންނާއި، ލަންކާގެ މަނިޓަރީ ބޯޑާއި، މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރުންނާއި، ޓްރެޜަރީގެ ކުރީގެ ސެކްރެޓަރީ އެސް އާރް އައްޓިގަލާ އަޖީތު ނިވާޑް ކަބްރާލްގެ ފަފަ ބޭފުޅުންގެ ނަންތަކުގެ އިތުރަށް ރައީސްގެ ކުރީގެ ސެކްރެޓަރީ ޕީބީ ޖަޔަސުންދަރޭ، އަދި މަނިޓަރީ ބޯޑުގެ މެމްބަރު އެސް އެސް ޑަބްލިއު ކުމާރަސިންހަ ޕެޓިޝަނަށް ޖަވާބުދާރީވާންޖެހޭ ފަރާތްތަކުގެ ގޮތުގައި ސްޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ކޮވިޑަށްފަހު ލަންކާއަށް މިދިޔަ އަހަރު ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ދަތިކަމާ ކުރިމަތިލާން ޖެހުނީ އެމެރިކާ ޑޮލަރު ލިބުމުގެ ދަތިކަމާއި ރިޒާވް ދަށްވުމާއެކު އޯގަނިކް ފާޓިލައިޒާ ބޭނުންކުރުމުގެ ސިޔާސަތަކާއެކު ދަނޑުވެރިކަން ނާކާމިޔާބުވެ ކާނާއާއި ތެލަށް ޖެހުމާއި ގުޅިގެންނެވެ.

އެއާއެކު، އާންމުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުން ދިޔައިރު، އެންމެ ފަހުން އިގްތިސާދު ގާތްގަނޑަކަށް ހުއްޓި، އިންފްލޭޝަން މަތިވުނުން ވެރިކަން ބަދަލު ކުރަން މަޖުބޫރުވިއެވެ. އެ މުޒާހަރާތަކުގެ ސަބަބުން ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމާއިއެކު ރަނިލް ވިކްރަމަސިންހަ ވަނީ ވަގުތީ ގޮތުން ރައީސް ކަމަށް އައްޔަން ކުރައްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން