އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްރިންކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދު ﷲ ޒިޔަތަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މައާފް ދެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

މީގެކުރިން ރައީސް ސާލިހުގެ ހުރިހާ ނިންމެވުމަކަށް ތާއީދުކުރި އަދާލަތު ޕާޓީން މިފަހަރު ރައީސް ސާލިހުގެ ނިންމުން ބަލައިނުގަންނާނެކަމަށް ބުނެފައި މިވަނީ ވެރިކަން ނިމެން 3 ދުވަހަށް ވެފައިވަނިކޮށެވެ.

އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވި ބަޔަކަށް ހައްގު އަދަބު ނުލިބި ދިޔުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށެވެ.



އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހް މައާފް ދެއްވުމަށް ނިންމެވީ އިއްޔެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މައާފް ދެއްވުމާއި ހަމައަށްވެސް އެ ދެބޭފުޅުން ތިއްބެވީ ގޭގައެވެ.

ހިޔާނާތުގެ މައްސަލައިގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އަދި ޒިޔަތަށް 32 އަހަރުގެ ހުކުމެއް އިއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޢަލީ

15-Nov-2023

ޖަލުގަ ތިބި ސިޔާސީ ނޫން ކުއްވެރިންގެ ހައްގު ކޮބައިބާ . ސިޔާސީ މަގާމެއްގާމެއްގައި ނެތުމުން ނުވަތަ ސިޔާސީ ހަރުގެއެއްގެ ނަން ނެތުމުން ޖަލުގައި ތިބި ކުއްވެރިންގެ ހައްގު ކޮބައިބާ ... އިންސާފް މިގައުމުގަނެތް މިންވަރު ފެނިގެން މިދަނީ ... މިފެށޭ އައު ސަރުކާރުން މިގޮތައް ކަންތަ ނުދާނެކަމަށް ހީކުރަން އިންސާފް ގާއިމް ކުރަންޖެހޭ ...



ޓްރެންޑިން