އަހުމަދު މަސްނޫމް   15 ނޮވެމްބަރު 2023 - 3:48
ހުސްވެފައިވާ އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނެކަން އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހްމީ އިއުލާންކުރައްވައިފިއެވެ.

2012 ވަނަ އަހަރު އެމްޑީޕީން ވަކިވުމަށްފަހު އަލްހާން ވަނީ މި އަހަރުގެ ސެޕްޓެންބަރުމަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ފޭދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ އަލްހާން ވިދާޅުވީ ހުސްވެފައިވާ އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވަން ގަސްތުކޮށްފައިވާ ކަމަށެވެ.



ޕާޓީ ތެރޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމަކަށްފަހު އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ނަޝީދު މިދިޔަ ޖޫންމަހު އެ މަގާމުންނާއި ޕާޓީން އިސްތިއުފާ ދެއްވުމުންނެވެ. އެމްޑީޕީގެ ރައީސްގެ އިތުރުން، ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒުވެސް ވަނީ ޕާޓީން އިސްތިއުފާ ދެއްވާފައެވެ.

އެމްޑީޕީގެ ރައީސްއާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު ރިޔާސީ އިންތިހާބަށްފަހު ބާއްވާނެކަމަށް އެ ޕާޓީން ވަނީ މީގެކުރިން އިއުލާންކޮށްފައެވެ. ނަމަވެސް ރިޔާސީ އިންތިހާބު ނިމުނުތާ ދުވަސްތަކެއް ވީއިރުވެސް އެކަމާއި ގުޅޭ ތާރީހުތައް އިއުލާންކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން