ދައުލަތުގެ ފެންކުންފުނި، އެމްޑަބްލިޔުއެސްސީން ފަލަސްތީނުގެ ރައްޔިތުންނަށް އެހީގެ ގޮތުގައި 500،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.

"މި ދަތިކަމުގެ ދަނޑިވަޅުގައި، ފަލަސްތީނުގެ ރައްޔިތުންނަށް އެހީގެ ގޮތުގައި 500،000 ރުފިޔާ ހަދިޔާ ކުރުމަކީ އަޅުގަނޑުމެންނަށް ލިބުނު ޝަރަފެއް. މި ހަދިޔާއަކީ ފަލަސްތީނުގެ ރައްޔިތުންނާއެކު އަޅުގަނޑުމެން ފަސްނުޖެހި އެއްބައިވަންތަކަމާއިއެކު ތިބިކަމުގެ ރަމްޒެއްގެ ގޮތުގައި ދިން ހަދިޔާއެއް. އަޅުގަނޑުމެންގެ މެނޭޖްމަންޓާއި މުވައްޒަފުން މިތިބީ ފަލަސްތީނުގެ ރައްޔިތުންގެ އަމާންކަމަށް ކުރަމުންދާ މަސައްކަތުގައި ފަސްޖެހުމެއްނެތި، ސާބިތުކަން މަތީގައި." އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ.



7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވީ މީޙުންގެ އަދަދު 11،000 އަށްވުރެ ވަނީ އިތުރުވެފައެވެ. އަދި މި ހަނގުރާމައިގައި އެ ސަރަހައްދުގެ ބިނާތައް ސުންނާފަތިވެ، ކުރިމަތިވެފައިވާ ބޭސްފަރުވާއާއި ކާބޯތަކެތީގެ ދަތިކަމަށް އެހީވެދިނުމުގެ ގޮތުން ރާއްޖޭގެ ވަކިވަކި ފަރުދުންނާއި ދައުލަތުގެ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ދަނީ ދީލަތި ފައިސާގެ އެހީތައް ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން