މާލޭ ގެއެއް ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ފެނިގެން، ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ ރޭ މާލޭގައި ހިންގި އޮޕްރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކުރުމުގެ ތެރެއިންނެވެ. އެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އެއްކޮށްފައިހުރި 3 ބިޑިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފޭންކޮޅެއް ފެނިފަވާ ކަމަށް ފުލުހުން މަޢުލޫމާތުދީފައި ވެއެވެ.

"މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވޭ." ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައިގައި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ކޯޓުން ޝަރުތުކުރުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން