ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތާއި ގުޅޭ ޑޮކިއުމެންޓްރީ މިރޭ ރިލީސްކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ކުރި މަސައްކަތުން ހަދާފައިވާ މި ޑޮކިއުމެންޓަރީއަށް ދީފައިވާ ނަމަކީ "ދަ ޒިލިއެންޓް މޯލްޑިވްސް: ޓޫރިޒަމް ރިކަވަރީ ފްރޮމް ކޮވިޑް19" އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ކޮވިޑް-19ގެ ގޮންޖެހުންތަކުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން އާރާސްތުކުރުމަށް ދިވެހިރާއްޖޭގެ އެންމެން ޝާމިލުވާގޮތަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ކުރެވުނު މަސައްކަތްތައް ދައްކުވައިދޭ ވީޑިއޯ ޑޮކިއުމެންޓަރީއެއް ކަމަށެވެ.

މި ޑޮކިއުމެންޓްރީ ރިލީސްކުރުމަށް ހަމަޖެހިފައިވަނީ މިރޭ 10:15 ގައެވެ.

45 މިނިޓްގެ މި ޑޮކިއުމެންޓަރީގައި ކޮވިޑް ރާއްޖެއަށް ފެތުރެން ފެށި ދުވަސްތަކުގެ ހާލަތުން ފެށިގެން ދިވެހިރާއްޖޭގެ ޓޫރިޒަމް އިހުހުރިވަރާއި ހަމަކުރަން ކުރެވުނު މަސައްކަތާއި، މަސައްކަތް ކުރެވެނު ގޮތާއި، ހާސިލުވި ނަތީޖާގެ މައްޗަށް އަލިއަޅުވާލާފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކޮވިޑުން އަރައިގަނެ ހޯދި ކާމިޔާބީއަކީ ދުނިޔޭގެ ސަމާލުކަން ލިިބި، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ތަޢުރީފު ލިބެމުންދާ ކަމެއްކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.



މިޑޮކިއުމެންޓަރީ ރާއްޖޭގެ ގިނަ ޓީވީ ޗެނަލްތަކުން އެއްވަގުތެއްގައި ދައްކާނެއެވެ. އެގޮތުން ޑޮކިއުމެންޓަރީ ދެއްކުމަށް މިހާރު ހަމަޖެހިފައިވާ ޗެނަލްތަކަކީ، ޓީވީ މޯލްޑިވްސް، ރާއްޖެ ޓީވީ، ވީޓީވީ، އެސްއެސްޓީވީ، ދިވެހި ޗެނަލް އަދި ވަގުތު ޓީވީއެވެ.

ޓީވީއިން ދެއްކުމުގެ އިތުރަށް މިޑޮކިއުމެންޓަރީ، ބައެއް މީޑިއާ ޗެނަލްތަކުންނާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސޯޝަލް މީޑިއާ ހޭންޑްލްތަކުން ލައިވް ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމަށް މިޑޮކިއުމެންޓަރީ ތައްޔާރުކޮށް ދީފައިވަނީ ރެޑްލިޓް މީޑިއާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން