ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިން ކުރާ މަސައްކަތަށް ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަލީދު އަބޫ ޢަލީ ޝުކުރު އަދާކުރައްވައިފިއެވެ.

މިދިޔަމަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި އެތައް ހާސް ރަައްުޔިތުންނެއް މަރުވެ ނޫނީ ޝަހީދުވެފައި ވާއިރު، އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލަމުންދާ އެއް ބަޔަކީ ދިވެހި ރައްޔިތުންނެވެ. އެގޮތުން ދިވެހިން ގެންދަނީ ފައިސާގެ އެހީއާއި އެހެނިހެން ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ފަލަސްޠީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އަބޫ ޢަލީ ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ރާއްޖެއިން ކުރަމުންގެންދަނީ ވަރަށް ބޮޑު މަސައްކަތެއްކަމަށެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުން ފަލަސްޠީނާއެކު ސާބިތުކަމާއެކު އޮންނަ އޮތުން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވަމުން ސަފީރު ވަނީ ފަލަސްޠީނުން ރައްޔިތުންނަށް ދުއާކުރުން ހުއްޓާނުލުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮތުމަށް އެދިވަޑައިގެންފައެވެ.

ސަފީރު ވަލީދު އަބޫ ޢަލީ ވިދާޅުވީ ފަލަސްތީނު މިނިވަންވާ ދުވަހަކުން، ދިވެހިން މި ބާއްވާ ގާތްކަން އެޤައުމުން ބަލައިގަނެ، ދިވެހިންނަށް އެޤައުމުގެ ވެރިވަރަށް ގުދުސްއިން މަރުހަބާ ކިޔާނެކަމަށެވެ.

"މިނިވަންވާ ދުވަހަކުން ވެރިރަށް ގުދުސްއިން ދިވެހިންނަށް މަރުހަބާ ކިޔާނަން." ސަފީރު ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 11 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެ ނުވަތަ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 4600 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި 3100 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން