ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުން އަހުމަދު މުހައްމަދުފުޅު އިސްތިއުފާދެއްވުމަށް ނިންމަވައިފިއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އަހުމަދު ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މަޤާމުން އިސްތިއުފާދެއްވުމަށް ނިންމަވައި، އެކަން ރައީސުލްޖުމްހޫރިއްޔާއަށް އަންގަވާފައިވާކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މެސެޖުގައި ވަނީ އޭނާ މަޤާމުގައި ހޭދަކުރެއްވި 3 އަހަރާއި 10 މަހުގެ ތެރޭގައި އޭނާއާއެކު މަސައްކަތްކުރައްވައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

އަހުމަދު ވިދާޅުވީ މަޤާމުން ވަކިވުމުގެ ކުރިން ޖަލުތަކަށް ކުރައްވާ ފަހު ޒިޔާރަތް މާދަމާ އޮންނާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަންކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން