ކައިވެންޏާއި ގުޅުންހުރި ފޯމްތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ޑިވެލޮޕްކޮށްފައިވާ "ކާވެނި ޕޯޓަލް" ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ.

ކާވެނި ޕޯޓަލް އަކީ ކައިވެންޏާ ގުޅުންހުރި ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައ،ި ޢާންމުންނަށް ފަސޭހަކުރުމުގެ މަޤްސަދުގައި ޑިވެލޮޕްކޮށްފައިވާ ޕޯޓަލްއެކެވެ. މި ޕޯޓަލްގެ ފޭސް 1 މިއަދު ލޯންޗްކުރެވުމާއެކު މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ ކައިވެންޏާ ގުޅުންހުރި ފޯމްތައް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލެވިގެންދާނެއެެވެ. އަދި ޕޯޓަލްގެ ތެރެއިން ކުރިއަށް އޮތްތަނުގައި ފެމެލީ ކޯޓަށްވެސް މި ޚިދުމަތްތަކަށް ފޯމު ހުށަހެޅޭނެއެވެ.

މި ޕޯޓަލް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ދެއްކެވި ވާހަކަފުޅުގައ،ި ކޯޓުތަކަށް ހުށަހެޅޭ ކާވެނި ފޯމުތަކުގެ ތެރެއިން 60 އިންސައްތަ އަކީ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ފޯމުތައް ކަމަށާއި ކޮންމެ ރަށެއްގައި ހުރި ނަމަވެސް ކައިވެނިކުރަން ބޭނުން ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށް މި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހަޅޭނެކަން ފާހަގަކުރެއްވިއެވެ. އަދި މި ޕޯޓަލްގެ ޒަރިއްޔާއިން ކޯޓުތަކުން ދޭ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް

ލުއި ފަސޭހަތަކެއް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

މިއަދު ލޯންޗު ކުރި ކާވެނި ޕޯޓަލަކީ ޔ.ޫއެނ.ްޑ.ީޕީ މޯލްޑިވްސްއާއި ގުޅިގެނ،ް ބްރިޓިޝް ހައިކޮމިޝަންގެ އެހީތެރިކަމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޑިވެލޮޕްކޮށްފައިވާ ޕޯޓަލްއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން