އެސްއެމްއީ ފައިނޭންސް ފޯރަމްގެ ފުރަތަމަ ދިވެހި މެމްބަރަކަށް ވުމުގެ ޝަރަފު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަށް ލިބިއްޖެއެވެ.

އެސްއެމްއީ ފައިނޭންސް ފޯރަމަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޖީޓުވެންޓީގެ ގައުމުތަކުން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ކަންކަން ބަލަހައްޓަނީ ވޯލްޑް ބޭންކުގެ ދަށުން ހިންގާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ.

އެސްއެމްއީ ފައިނޭންސް ފޯރަމްގައި 190 ގައުމުގެ 240 އަށްވުރެ ގިނަ މާލީ އިދާރާއާއި ކުންފުނިތައް ހިމެނެއެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ތަޖުރިބާ ހިއްސާކުރުމުގެ މަގްސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒީނާދު ވިދާޅުވީ އެސްއެމްއީ ފައިނޭންސް ފޯރަމްއާ ގުޅިގެން އިންޑަސްޓްރީގެ ލީޑަރުންނާއި ގުޅުން ބަދަހިކޮށް، ދާއިރާއާއި ގުޅުންހުރި އައު އިލްމާއި ތަޖުރިބާ ހޯދުމުގެ އިތުރުން ޕާޓްނަރޝިޕްތައް ގާއިމްކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

އެސްޑީއެފްސީއަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭން ސަރުކާރުން 2019 ވަނަ އަހަރު ގާއިމްކުރި ބެންކެެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން