ފުލުހުންގެ މުވައްސަސާ ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮޮފް ޕޮލިސް އަބުދުލްމަންނާނު ޔޫސުފާއި ހަވާލުކޮށްފިއެވެ.
ފުލުހުންގެ މުވައްސަސާ ހިންގުން ޑީސީޕީ މަންނާނާއި ހަވާލުކުރީ ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން މިއަދު ރިޓަޔަ ކުރެއްވުމާއި ގުޅިގެންނެެވެ. ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ރަޝީދު ސޮއިކުރައްވައި ނެރުއްވި ދެންނެވުމެއްގައި ބުނެފައިވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދު ރިޓަޔަ ކުރައްވާފައިވާތީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޮމިޝަނަރެއް އައްޔަންކުރެވެންދެން މިއަދުން ފެށިގެން ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބުދުލްމަންނާނު ޔޫސުފް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން އެކަން މުވައްޒަފުންނަށް އަންގާ ކަމަށް އެ ދެންނެވުމުގައި ބުނެފައިިވެއެވެ.

ކިޔުންތެރިންގެ ހިޔާލު