އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެގައުމުގެ ސްޓޭޓް ކައުންސިލަރ ޝެން ޔިކިންގ ރާއްޖެ ވަޑައިގެންފިއެވެ.

އިންސާނީ ހައްގުތަކާއި އިޖްތިމާއި ކަންކަމާއި ގުޅޭ ޗައިނާގެ ސްޓޭޓް ކައުންސިލަރ ޝެން ޔިކިންގއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ އައު ސަރުކާރުގައި ހާރިޖީ ވަޒީރުކަމުގެ މަގާމު އަދާކުރައްވާނެކަމަށް ބެލެވޭ މޫސާ ޒަމީރާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.



ޗައިނާ ސަރުކާރުގެ ކެބިނެޓް ވަޒީރުންނަށްވުރެ އިސް މަގާމެއްކަމަށްވާ ސްޓޭޓް ކައުންސިލަރުގެ މަގާމުގައި، އެކި ދާއިރާތަކަށް ހާއްސަ 5 ސްޓޭޓް ކައުންސިލަރުން ތިއްބަވައެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝެން ޔިކިންގއަކީ ޗައިނާގެ އަންހެނުންގެ ތެރެއިން ސަރުކާރު އެންމެ އިސް މަގާމު އަދާކުރައްވާ އަންހެން ބޭފުޅާއެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޗައިނާ ސަރުކާރުގެ އެންމެ އިސް ބޭފުޅުންގެ ބޭފުޅަކު ފޮނުއްވާފައިވާއިރު، އަވަށްޓެރި އިންޑިއާއިން ފޮނުވަން ނިންމި ކެބިނެޓްގެ އާޓް އެންޑް ސައިންސް ވަޒީރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން