ހުޅުމާލެ މަގުތަކުގައި ހުއްދަނެތި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރުން ހުއްޓުމަށް އަރބަންކޯއިން އަންގައިފިއެވެ.

އަރބަންކޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ހުޅުމާލެ އެކި ސަރަހައްދުތަކުގެ ޕޭވްމަންޓް އަދި ހެޖް ތެރޭގައި ކެފޭ އަދި ޖޫގޯ ޕޮއިންޓްތަކުން ޤަވާއިދާއި ޚިލާފަށް ވިިޔަފާރި އުސޫލުން ބައެއް ފަރާތްތަކުން ޚިދުމަތް ދެމުންދާ ކަމަށެވެ. އެހެންކަމުން، އެ ފަރާތްތަކުން، 20 ނޮވެމްބަރުގެ ނިޔަލަށް އެސަރަހައްދުގައި ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ބަހައްޓާފައިވާ ގޮނޑިމޭޒުތައް ނަގައިދިނުމަށް އެދިފައި ވެއެވެ.

އަރބަންކޯއިން ބުނީ މި މުއްދަތުގެ ތެރޭގައި އެތަކެތި އެސަރަހައްދުން ނަގާފައިނުވާނަމަ، އެ އެއްޗެހި ނަގައި ސާފުކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ. އަދި ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަަށް އަރބަންކޯއިން ޒިންމާ ނުނަގާނެ ކަމަށްވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން