ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓް އެޗް 12 ކައިރީ ބީޗް ސަރަހައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ހުރި ހަޓްތައް ނެގުމަށް އަރބަންކޯއިން އަންގައިފިއެވެ.

އަރބަންކޯއިން ނެރުނު އިއުލާނެއްގައި ވަނީ އެޗް 12 ބީޗް ސަރަހައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ހަދާފައިވާ ހަޓްތަކާއި ތަކެތި 16 ނޮވެމްބަރުން ފެށިގެން 25 ނޮވެމްބަރގެ ނިޔަލަށް ނެގުމަށް އަންގާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެސަރަހައްދުން އެތަކެތި ނަގާ ސާފުކުރެވިފައިނުވާ ނަމަަ އަރބަންކޯއިން އެމަސައްކަތް ކުރާނެ ކަމަށް ބުނެފައި ވެއެވެ.

އެއާއެކު، އެ ސަރަހައްދު ސާފުކުރުމުގެ ތެރެއިން އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް އަރބަންކޯއިން ޒިންމާ ނުނަގާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ތިމަންނަ

16-Nov-2023

ހުޅުމާލެއިން ތަނެއް ކުއްޔަށް ހިފައިފިނަމަ , އެ ހިފިތަނަކާ , އޭގެ ކުރިމަތީ އޮންނަ ތަޅުންގަޑާ, އެއާއި ޖެހިގެން ހުސްކޮށް ތަނެއް އޮތްނަމަ އެ ތަނަކަށް , ކުއްޔަހިފާ މީހާގެ "ހަން" ފަތުރަންވީއެވެ.



ޓްރެންޑިން