44 މެމްބަރުންނަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކު އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ 44 މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން ސޮއިކޮށްފައި އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު ލިޔަސް، އެ މައްސަލަ ލައިފިކަން އެނގޭ ހިސާބުން، މަޖިލީހުން ނުކުމެ ވަޑައިގަންނަވާނީ އިސްތިއުފާގެ ސިޓީގައި ސޮއިކުރަށްވާފައި ކަމަށެވެ.

"އަޅުގަނޑާ ހެދިއެއް މަޖިލިސް ހުއްޓިގެން ދާކަށް ނުޖެހޭނެ." އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، އަސްލަމް ވިދާޅުވީ އޭނާއާއި ބެހޭގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ، މަޖިލީހުގެ މަސައްކަތްތަކަށް ބުރޫ ނާރުވާ، މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާގޮތަށް މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވީ ހޯމަ ދުވަހުއެވެ. ނަޝީދު މަޤާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ ޤަރާރު ދެވަނަ ފަހަރަށް ހުށަހަޅައިގެންވެސް އެ މައްސަލަ ކުރިއަށްނުގެންދެވިގެން އުޅެނިކޮށެވެ. އެ ޤަރާރު ފަހުން ބޭއްވި މަޖިލީސް ޖަލްސާތަކުގައި އެޖެންޑާކޮށްފައި ނުވުމުން އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޙާޖަރު

16-Nov-2023

އެއީ އަޅުގަނޑު ވ އިހުތިރާމް ކުރެވޭ ބޭފުޅެއް ނަމަވެސް މިހާރަކަށް އައިން އަމަލު ކުރައްވާ ގޮތް ރަގަޅެއް ނޫން


4

ޙާޖަރު

16-Nov-2023

އެއީ އަޅުގަނޑު ވ އިހުތިރާމް ކުރެވޭ ބޭފުޅެއް ނަމަވެސް މިހާރަކަށް އައިން އަމަލު ކުރައްވާ ގޮތް ރަގަޅެއް ނޫން


-2

ކޮރަކަލި

16-Nov-2023

ސިއާސީތަސަތްރަފަ ފުދިފައިވާ ބެއިފުޅަކު އިތުބާރުނެއް ކަމަށް އަގުލަބީއަތުން ހުށަހަޅައިފި ނަމަ އިސްތިއުފާދެއްވާނެ


-1

އަލީ ބިން ޔޫސުފް

16-Nov-2023

އެއީ ގޮތް ދޫނޫނުކުރާ ނުލަފާ މީހެކެވެ. މި ގައުމު މީނަގެ އަތް ދަށުން ސަލާމަތް ކުރައްވަަދޭވެ. އާމީން



ޓްރެންޑިން