ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަރިއަތޮޅު އުތުރުބުރި، ފެރިދޫ، ހާލި، ޢަލީ ނަޝާޠު ޢައްޔަން ކުރައްވައިފިއެވެ.

ނަޝާޠު މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދުއެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޢަލީ ނަޝާޠުއާއި ރައީސް ޞާލިޙް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، ނަޝާޠު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ކުރެއްވިއެވެ. ނަޝާޠުއަށް ހުވާ ލައިދެއްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރަލްދާ ޒާހިރުއެވެ.

އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރަން މަޖިލީހުން އިއްޔެ ފާސްކުރީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގަތް 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަޝާތު އައްޔަންކުރުމާއި ދެކޮޅަށް 9 މެންބަރުން ވޯޓު ދެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޖުލައި 25، 2018 ގައި އީސީއަށް އައްޔަން ކުރެއްވި ނަޝާތުގެ ދައުރު ހަމަވީ މި އަހަރުގެ ޖުލައި 25ގައެވެ.

ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް އޭނާގެ ނަން ފޮނުއްވީ މޭމަހުގެ 29 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން