މާނިއު މީގެކުރިން އެހެން މަގާމަކަށް އައްޔަންކުރެއްވުމަށްފަހު ރައީސް ފަތްކޮޅު އަރުވަނީ
މާނިއު މީގެކުރިން އެހެން މަގާމަކަށް އައްޔަންކުރެއްވުމަށްފަހު ރައީސް ފަތްކޮޅު އަރުވަނީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހއ.އިހަވަންދޫ، އަންބަރީގެ، ޢަބްދުލްމާނިޢު ޙުސައިން އައްޔަންކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްމާނިޢު ޙުސައިން އައްޔަންކުރަން ނިންމީ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަރވިއުކުރުމަށްފަހު އޭނާ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް އެ ކޮމިޓީން ކޮމިޝަނަށް ލަފާ އަރުވާފައިވާތީކަމަށެވެ. އަދި މާނިއު ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރަން ނިންމެވީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައިކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗެލަރސް ޑިގްރީ ޙާސިލްކުރައްވާ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

2013 ވަނަ އަހަރުން ފެށިގެން ވަކީލުކަމުގެ ވަޒީފާ އަދާކުރައްވާފައިވާއިރު ޝަރުޢީ ދާއިރާގައި 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން