ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޕާލިޔަމަންޓްރީ ގްރޫޕްގެ މެންބަރުންނަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ޕާޓީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުއެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން 18 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ 18:00ގެ ނިޔަލަށެވެ.



މި މަޤާމް ހުސްވެފައިވަނީ އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް ހޯމަދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އައްޔަންވެވަޑައިގަތުމާއި ގުޅިގެންނެވެ. އަސްލަމް މަޖިލީހުގެ ރައީސްކަމަށް ޢައްޔަންވެވަޑައިގަތީ މަޖިލީހުގެ ރައީސްކަން ކުރެއްވި މުޙައްމަދު ނަޝީދު އެ މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން