އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

ރަައްޔިތުންގެ މަޖިލީޙުގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންވާ ބޭފުޅުންގެ ތެރެއިން ހެޑް އޮފް ސްޓޭޓެއްގެ ގޮތުގައި ހަމައެކަނި ވަޑައިގަންނާނީ ލަންކާގެ ރައީސްއެވެ. އެހެން ޤައުމުތަކުން ވަޑައިގަންނަނީ ރައީސުންނާއި ބޮޑުވަޒީރުންނާއި ރަސްގެފާނުންގެ މަންދޫބުންނެވެ.

މަޖިލީޙުގެ އިދާރާއިން މައުލޫމާތު ދޭގޮތުގައި ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ރައީސް މިރޭ ރާއްޖެ ވަޑައިގަންނަވާނެއެވެ.

ޑރ. މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އޮންނާނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެ ރަސްމިއްޔާތުގައި 46 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

ގައުމުތަކުގެ މަންދޫބުންގެ އިތުރުން އދ. ގެ ޖަމާއަތްތަކާއި އޯއައިސީ އާއި ސާކާއި ވޯލްޑް ބޭންކާއި އައިޑީބީ ފަދަ ޖަމާއަތްތަކުގެ މަންދޫބުންވެސް މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނެކަމަށް މަޖިލީހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން