އިންތިހާބީ ރައީސްގެ ޑރ. މުހައްމަދު މުއިއްޒުގެ އާ ރިޔާސީ ދައުރު ފެށުމުގެ މުނާސަބާތާއި ގުޅުވައިގެން މާދަމާ ރޭ މާލޭގައި ހަވާ އަރުވަން ނިންމައިފި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރައްވާނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނު ގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

މުޢިއްޒު ހުވާ ކުރެއްވުމަށް ފަހު މާދަމާ ރޭ 7:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ހާއްސަ ރަސްމިއްޔާތެއް ގައި އެމަނިކުފާނުގެ ވަޒީރުން ހުވާ ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސަތު ފެށުމުގެ އުފުލަމުގައި މާދަމާ ރޭ ހަވާ އަރުވަން ނިއްމާފައިވާ ކަމަށެވެ. އެގޮތުން ހަވާ އަރުވާނީ ރޭގަނޑު 9:00 ގައި އިއްޒުއްދީން ފާލަން ސަރަހައްދުން ކަނޑުމަތީގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ކެބިނެޓް ގައި 22 މިނިސްޓަރުން ހިމެނިވަޑައިގަންނަވާނެއެެވެ.

މުޢިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ވެސް 22 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ނިއްމާފައެވެ. އިންތިހާބީ ރައީސް ހުވާ ކުުރުމުގެ ރަސްމިއްޔާތު ކަންކަން ހަވާލު ކޮށްފައި ވަނީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކްއާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން