ރާއްޖޭގައި ހިންގަމުންދާ މީޑިޔާތަކަށް 6.5 މިލިއަން ރުފިޔާ ދޭން ބަޖެޓުގައި ހިމެނުމަށް ބަޖެޓް ދިރާސާ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކޮށްފައިވަނީ ބަޖެޓް ދިރާސާކުރާ ކޮމެޓީން މިއަދު ބޭއްްވި ބައްދަލުވުމުގައެވެ. އެގޮތުން މީޑިޔާތަކަށް 6.5 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ބަޖެޓް ކޮމެޓީން ގެނައި މި އިސްލާހުގައި ބުނެފައިވަނީ ބަޖެޓު ކޯޑު ނަންބަރު 1265، ހާއްސަ ބަޖެޓުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ހިންގާ ބްރޯޑްކާސްޓިން ހިދުމަތް ދޭ ތަންތަނާއި މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ދިނުމަށެވެ.

މީޑިޔާ ތަކަށް ދޭ ފައިސާ އާއެކު ސަރުކާރުން ހުށަހެޅި ސަޕްލިމަންޓަރީ ބަޖެޓު ވެސް މިއަދު ވަނީ ފާސްކޮށްފައެވެ. އެގޮތުން މިއަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ އިތުރަށް 6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. މި އަހަރު ނިމޭއިރު ބަޖެޓު ހުންނާނީ 49.3 ބިލިއަން ރުފިޔާގައި ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެެވެ.

ދައުލަތުގެ ބަޖެޓުގައި މީޑިޔާ ތަކަށް ފައިސާ ހަމަޖައްސައި ދީފައިމިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް އެދިވަޑައިގެންފައިވަނިކޮށެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން