މާލެ ސިޓީ ކައުންސިލްގެ ދެ މެމްބަރަކު މަގާމުން މިއަދު އިސްތިއުފާ ދެއްވައިިފިއެވެ.

އެގޮތުން މާލޭ ސިޓީކައުންސިލުން މިއަދު އިސްތިއުފާ ދީފައިވަނީ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނަސީރެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަމީޒާއި އަބްދުﷲ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން ނިންމަވާފައެވެ. ރަމީޒާއި އަބްދުﷲ އަކީ މުއިއްޒުގެ ވަރަށް އަރިސް ދެ ބޭފުޅުންކަން ފާހަގަކުރެވެއެވެ.

މެދު ހެންވޭރާއި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ހުސްވެފައިވާއިރު އަދި މާދަމާ، މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މާލޭގެ މޭޔަރު ކަމުގެ މަގާމު ވެސް ހުސްވާނެއެވެ.

އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ހުވާ ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނު ގައި ބާއްވާ ހާއްސަ ދަރުބާރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން