ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލު ކުރައްވައިފި އެވެ.

ލަންކާ ރައީސް ރަނިލް، ރާއްޖެ ވަޑައިގެންނެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މުއިއްޒު ހުވައި ކުރެއްވުމުގެ ދަރުބާރު ގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ގައުމެއްގެ އެންމެ މަތީ މަގާމެއް ފުރުއްވާ ހަމައެކަނި ބޭފުޅަކީ ރަނިލްކަން ފާހަގަކުރެވެއެވެ. ރަނިލް މިއަދު ރައީސް އޮފީހަށް ވަޑަައިގެން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި ވަނީ ބައްދަލު ކުރައްވާފައެވެ.



ރައީސް އޮފީހުން ބުނީ މިއަދު އޮތް ބައްދަލްވުމުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ސަރުކާރުން މިހާރުގެ އަމާޒުތަކާއި ކުރިއަށް އޮތް ތަނުގައި ކަނޑައަޅާފައިވާ އަމާޒުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެ-ލަންކާ ގުޅުން ބަދަހިކޮށް ހަރުދަނާ ކުރެއްވުމަށް ރަނިލް ދެއްވި އަހަންމިއްޔަތުކަން ފާހަގަ ކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން