ރާއްޖެއަށް އެންމެ ދަތި ވަގުތުތަކުގައި އެންމެ ބޮޑަށް އެހީތެރިވެދޭ ބައިވެރިޔަކީ އިންޑިއާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ އިންޑިއާގެ އާތު ސައިންސާއި ބެހޭ ވަޒީރު ކިރެން ރިޖީީީޖޫ އެމަނިިކުފާނުގެ އަރިހަށް ކުރެއްްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.

އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ސައިންސް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސާލިހު ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ އިންޑިއާއިން ގެންގުޅޭ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާ ހިމެނޭ ގޮތަށް އިގްތިސާދީގޮތުން ފައިދާތަކެއް ކުރަމުންދާކަމަށެވެ. އަދި ކޯވިޑްގެ ތެރޭގައި އިންޑިޔާއިން ފޯރުކޮށްދިން އެހީތެރިކަން ރައީސް ސާލިހު ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ކުރިއަށް އޮތްތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން