ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ 5 އަހަރު ދުވަހުގެ ރިޔާސީ މަސައްކަތަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ޝުކުރުއަދާ ކުރައްވައިފިއެވެ.

30 އަހަރު ވަންދެން ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ މައުމޫން ރައީސް ޞާލިޙަށް ރައްދުކުރެއްވި މެސެޖްގައި ވަނީ ހެޔޮ ސިއްހަތާއި ރަނގަޅު މުސްތަޤްބަލަކަށް އެދިވަޑައިގެންފައެވެ.



"ވޭތުވެދިޔަ ފަސް އަހަރު ދުވަހު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ޚިދުމަތް ކޮށްދެއްވީތީ ރައީސް ޞާލިހަށް ޝުކުރު ދަންނަވަން." ރައީސް ޞާލިހުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ ކުރު މެސެޖްގައި ވިދާޅުވެފައި ވެއެވެ.

މިއަދަކީ ރައީސް ޞާލިޙްގެ 5 އަހަރު ދުވަހުގެ ވެރިކަމުގެ ދައުރު ނިމޭ ދުވަހެވެ. އެމަނިކުފާނަކީ ރާއްޖޭގެ ފެހި ޤާނޫނު އަސާސީގެ ދަށުން ވެރިކަމަށް ހުވާ ކުރެއްވި 4 ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން