އިންތިޚާބީ ރައީސް ހުވައިކުރުމުގެ ރަސްމިއްޔާތު ބޯމަތިވީއިރުވެސް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ހުންނެވި އަނިޔާގެ ޝިކާރައިގައި ކަމަށް ޕީޕީއެމް/ޕިއެންސީގެ ސެނެޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަލީހު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ އުފާ ފާޅުކުރުމުގެ ރަސްމިއްޔާތެއްގައި ރައީސް ޔާމީނަށް ބައިވެރިވެ ވަޑައިނުގަނެވޭ ގޮތަށް ކުރިއަށް ގެންދިއުމަކީ ބޭއިންސާފެއް ކަމަށެވެ.

މަލީހު ވިދާޅުވިގޮތުގައި ރައީސް ޔާމީނަކީ ރާއްޖޭގެ ކޮންޒަވޭޓިވް ފިކުރުގެ ބާނީގެ އިތުރަށް ޕީޕީއެމް/ޕީއެންސީގެ ބާނީ ކަމަށެވެ. އެފަދަ ބޭފުޅެއް "ފާ ރައިޓްގެ އަނިޔާގައި" ހުންނެވީތީ މަލީހު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ހަމައެއާއެކު، ރައްޔިތުން ސަރުކާރު ބަދަލުކުރެއްވީވެސް ޔާމީން ވަގުތުން މިިނިވަން ކުރުމުގެ އުންމީދުގައި ކަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޔާމީން އެއްކޮށް މިނިވަންވުން ދިގުލައިގެން ދިއުމަކީ ބަލަން އުނދަގޫ ކަމެއް ކަމަށް މަލީހު ވިދާޅުވިއެވެ.



ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ މި ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައިނުގަންނަވާ ކަން ހާމަކުރެއްވީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުންނެވެ. ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔާމީން މި ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވަނީ ރައީސްކަމުގެ ހުވާކުރައްވާ ޖަލްސާއެއްގައި ޖިނާއީ ކުށެއްގެ އަދަބު ތަންފީޒުކުރައްވަމުންދާ ފަރާތެއް އެފަދަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމުން ޖަލްސާގެ ކަރާމާތަށް އުނިކަމެއް ލިބިގެންދާނެކަމަށް ފެނިވަޑައިގަންނަވާތީއެވެ.

އެހަފުލާގައި ބައިވެރިވެ ވަޑައިގަތުން، ތަހުޒީބީ މުޖުތަމައުތަކުން ޤަބޫލުނުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އެހެންކަމުން، ޔާމީން ވަނީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަނެވޭނެކަން ރައްޔިތުންގެ މަޖިލީހަށްވެސް އަންގަވާފައެވެ.

ޔާމީން ދަނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ، އެކުށުގެ އަދަބު ތަންފީޒުކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ހަސަނާ

17-Nov-2023

ތި ޔާމީން އަކީ އަނިޔާވެރިއެއްކަން ޚުދު މަލީހަށްވެސް ޖަމީލުއަށް ވެސް އެގޭނެ ޢޭނައަކީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒް ކުރަމުންދާ އަނިޔާވެރިއެއް ޢެއަނިޔާވެރިޔާގެ އަނިޔާއިން މިގައުމުސަލާމަތް ކުރައްވާންދޭވެ


0

ހުސޭނުބެ

17-Nov-2023

ކަންތަކާ ޖެހެނީއެވެ. އަލިފާންކޮޅު ޖަހާފަ ދުރުގައި ތެޔައަޚަން އެ ޖަމީލު ހުންނާނެ އެވެ. ތިމާއަށް ނުލިބުނު ނައިބު ރައީސްކަމުގެ ހަސަދައާއި މަލީހަށް ނުލިބުނު ވަޒީރުކަމަށް ހަސަދައިން ޔިބޭނީ ފޯވެފައެވެ.



ޓްރެންޑިން