ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ގާނޫނީ ހުވާ ކުރައްވައިފި އެވެ.

މިއަދު ހަވީރު މާލޭ ޖުމްހޫރީ މައިދާނުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޑރ. މުޙައްމަދު މުއިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އަށް މަގާމުގެ ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދްނާން އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމާ ގުޅިގެން 21 ބަޑީގެ ސަލާމެއް އަރުވައި، ގައުމީ ސަލާން ވަނީ ކުޅެފައެވެ. އަދި ގާނޫނީ ހުވާގެ ލިޔުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ވަނީ ސޮއިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން