ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ރައީސްކަމުގެ ހުވާކުރެއްވި އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުހަބާ ދަންނަވައިފިއެވެ.

ރާއްޖޭގެ 7 ވަނަ ރައީސް، ޞާލިޙް ވަނީ ވެރިކަމުގެ މި ފެށޭ ދައުރުގައި ޑރ. މުޢިއްޒަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.



މިއަދު ހަވީރު މާލޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ޑރ. މުޙައްމަދު މުއިއްޒާއި، ނައިބު ރައީސް ޙުސައިން މުހައްމަދު ލަތީފް (ސެމްބެ) އަށް މަގާމުގެ ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދްނާންއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމާ ގުޅިގެން 21 ބަޑީގެ ސަލާމެއް އަރުވައި، ގައުމީ ސަލާން ވަނީ ކުޅެފައެވެ. އަދި ގާނޫނީ ހުވާގެ ލިޔުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ވަނީ ސޮއިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން