ޓެރަރިޒަމާ ގުޅުންހުރި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަޙްޔާ ޞާލިޙް
ޓެރަރިޒަމާ ގުޅުންހުރި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަޙްޔާ ޞާލިޙް
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޓެރަރިޒަމާ ގުޅުންހުރި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަޙްޔާ ޞާލިޙްގެ ޙާލު ސީރިއަސްވެ އިމެޖެންސީ ގައި ފަރުވާދެމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަހުމަދިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި ކުރިން އުޅުނު ޔާސިރު ޔަޙްޔާ ޞާލިޙް 2017 ވަނަ އަހަރު ހައްޔަރު ކޮށްފައިވާ މައްސަލައިގައި ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ މިދިޔަ އަހަރު ވިދާޅުވެފައިވަނީ އޭނާގެ މައްސަލާގައި ސީރިއަސް ކަންތައްތަކެއް އެބަހުރިކަމަށެވެ. އަދި އެމައުލޫމާތު ފަހުން ދެއްވާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިނަމަވެސް މިއަދާހަމައަށްވެސް އެކަމުގެ މައުލޫމާތު ދެއްވާފައެއްނުވެއެވެ.

އެކަމާ ގުޅިގެން ޕްރިޒަން ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވިދާޅުވީ، "އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ޔަމަނުގެ ރައްޔިތެއްކަމަށް ބުނާ މީހާ ކެއުމަން އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިޔަސް ވަމުންދާކަމަށް ފެންނާތީ، އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންދެވި ދަނީ ފަރުވާދެވެމުން." ކަމަށެވެ.



ޔާސިރުގެ މައްޗަށް ދައުވާއެއްވެސް ކޮށްފައި ނުވާއިރު އޭނާ ހައްޔަރު ކޮށްފައިވާތީ، ޔަޙްޔާ ވަނީ މީގެ ކުރިން އެކި ފަހަރުމަތިން ބަޑުހައި ހޫނުކަމުގެ ހަޅުތާލުތައްވެސް ކޮށްފައެވެ. މީގެ ކުރިންވެސް ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކޮށްގެން ޔާސިރަށް ވަނީ އިމަޖެންސީގައި ފަރުވާ ދީފައެވެ.

ޔާސިރަކީ ދިވެއްސަކާއި ކަވެނިކޮށްގެން އުޅޭ މީހަކަށްވާއިރު އެދެމަފިރިންގެ ކުއްޖަކުވެސް ހުރެއެވެ. އަދި ޔާސިރުގެ އަންހެނުންވަނީ އެކި ފަހަރު މަތިން ޔާސިރަށް އިންސާފް ލިބޭތޯ އެތަށް މަސައްކަތް ތަކެއް ކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް މިސަރުކާރުންވެސް ޔާސިރު ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


18

ސުވާލު

22-Jul-2020

ޕީޖީ ޝަމީމް ޖަވާބުދާރީވާކަށް ނުޖެހޭތޯ. ދަޢުވާ ނުއުފުލާ މިހާ ދުވަސްވަންދެން މީހަކު ބެހެއްޓޭތޯ.



ޓްރެންޑިން